އުދުހޭ ސައިކަލުގެ ޓެސްޓް ބުރުތަކެއް ކުރެވި 2023ގައި ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

އުދުހޭ ކާރާއި، ޖެޓް ޕެކްއާއި އެކު މީހުން ޖައްވުގައި އުދުހުމުގެ ހުވަފެނަކީ އަބަދުވެސް މީހުން ކުރަމުން އަންނަ އުންމީދެކެވެ. އުދުހޭ ސައިކަލެއް ނެރުމަކީ މިކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމެކެވެ.

Ad
rt

"ސްކީ ފައި ސްކައި ބައިކް" ގެ ނަމުން ނަންދީފައިވާ މި އުދުހޭ މޯޓޯރބައިކް 2023ގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާކަމަށާއި ޓެސްޓް ބުރުތަކެއް ޖަހާފައިވާކަމަށް ދި ސްޕީޑަރސް ޑިސައިނިންގ ޓީމްއިން ހާމަކޮށްފައިވެއެވެ.

ކެލިފޯރނިއާގެ ޖެޓް އޭވިއޭޝަން ކުންފުނިން އުފެއްދި މި ސައިކަލަކީ ކޮންމެ ދުވަހެއްގެ ކާރުބާރު ބޮޑު ދިރިއުޅުމަށް ލުއިފަސޭހަ ކަމެއް ލިބޭނެފަދަ ސައިކަލެކެވެ. ދި ސްޕީޑަރގައި ހުންނާނެ ފީޗަރސްތަކުގެ ސަބަބުން އުދުހޭ މިސައިކަލު އުދުއްސާލާފައި ޖައްވުގައި ދަތުރުކޮށްލުމަށް ބޭނުންކޮށްފައިވާ ސޮފްޓްވެއަރއަކީ ވަރަށް ފަސޭހައިން ޕްރޮގްރާމްކޮށްފައިވާ ސޮފްޓްވެއަރއެއްކަމަށާއި އަމިއްލައަށް އުދުހޭ ސައިކަލް އޮޕަރޭޓްކުރަން ވަރަށް ފަސޭހަގޮތަކަށް ތައްޔާރުކޮށްފައިވާ އެއްޗެއްކަމަށް ޖެޓްޕެކް އޭވިއޭޝަންއިން ހާމަކޮށްފައިވެއެވެ.

މި އުދުހޭ ސައިކަލު އީޖާދުކުރުމަށް ދޮޅު އަހަރުދުވަސް ހޭދަވިއެވެ. މި ސައިކަލު އުފައްދާފައިވާ ކުންފުނިން ބުނެފައިވަނީ މި ސައިކަލު ދުއްވާލަން އާދައިގެ ސައިކަލެއްހާ ފަސޭހަވާނެކަމަށް އެވެ. އޮޓޯ މޯޑުގައި ހަމަ ފްލައިޓްއެކޭ އެއްގޮތަށް އޮޕަރޭޓްކޮށްލެވޭ މިސައިކަލު ލޭންކޮށް ޓޭކްއޮފް ކުރުމަށް ބޭނުންވާނީ ކާރަކަށް މަގުމަތީގައި ބޭނުންވާނެ ހާ ކުޑަ ޖާގައެއްކަމަށް ހާމަކޮށްފައިވެއެވެ.

ޖެޓް އޭވިއޭޝަންގެ ސީ.އީ.އޯ ޑޭވިޑް މޭމަން ރޮބް ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، އުދުހޭ ސައިކަލް "އަލްޓްރާ ވާރޝަން" ދެ އަހަރު ދުވަހުގެ ތެރޭގައި ނެރެވޭނެކަމަށާއި، އަލްޓްރާ ވަރޝަން ދުއްވުމަށް ޕައިލެޓް ލައިސެންސްއެއްވެސް ބޭނުންކުރަން ނުޖެހޭނެކަމަށެވެ. ފެޑެރަލްން އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ޤަވައިދުތަކާއި އެއްގޮތަށް މިސައިކަލުގެ ސްޕީޑް އެކުލަވާލާފައިވަނީ 60 އެމް.ޕީ.އެޗް އަށްކަމަށެވެ. މިއީ ފްލައިޓެއްގެ 15 މިނިޓްގެ ދަތުރެއްގެ ސްޕީޑްއެވެ.

ނަމަވެސް އެކުންފުނިން ޓެސްޓް ކުރުމަށް ހަދާފައިވާ ސައިކަލްތަކުގެ ސްޕީޑްއަކީ 250 އެމް.ޕީ.އެޗްކަމަށް ބުނެފައިވެއެވެ. މިއީ ފްލައިޓެއް 35 މިނިޓްގެ ދަތުރުގެ ސްޕީޑްކަމަށް ބުނެފައިވެއެވެ. ޓެސްޓްކުރުމަށް ހަދާ ސައިކަލްތަކަށް ޕައިލެޓް ލައިސެންސް ބޭނުންވާނެކަމަށާއި މި ސައިކަލުތައް 6 މަސްދުވަހުގެ ތެރޭގައި ނެރުމަށް މަސައްކަތްތައްކުރެވެމުން އަންނަކަމަށް އޭނާ ހާމަކޮށްފައިވެއެވެ.

12 އިންޗީގެ ނެވިގޭޝަން ސްކްރީން އެއްގެ އިތުރުން ރޭޑިއޯ ސިސްޓަމަކާއި އެކު އުފައްދާފައިވާ އެއަރ މޮޓޯރބައިކްގައި 8 ޓަރބައިންސް އެކުލެވިގެންވެއެވެ. ގާތްގަނޑަކަށް 300 ޕައުންޑް ހުންނަ މި ސައިކަލުގައި 600 ޕައުންޑްގެ ބަރު އުފުލޭނެކަމަށާއި، ސައިކަލު ފަރުމާކޮށްފައިވާނީ ރައްކާތެރި އެއްޗެއްގެ ގޮތުގައިކަމަށް ސައިކަލު އުފައްދާ ކުންފުނިން ހާމަކޮށްފައިވެއެވެ.

2022 ވަނަ އަހަރުގެ ކުރީ ކޮޅު އުދުހޭ ސައިކަލުގެ ޓެސްޓްތައް ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރޮމެތިއުސް އިންކް ކުންފުނީގެ 100 އިންސައްތަ ޒީރޯ ނެޓް ކާބަން ފިއުލް ބޭނުންކޮށްގެން ޓެސްޓް ބުރުތަކެއް ކުރުމަށް ޖެޓް ސްޕީޑަރ އާއި އެކުންފުންޏާއި އެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ޖެޓް އޭވިއޭޝަންއިން ހާމަކޮށްފައިވެއެވެ.
ކުރިއަށް ހެދުމަށް ތައްޔާރުވަމުން އަންނަ އުދުހޭ ސައިކަލުތަކުގައި ޚާއްސަ ބައިތަކެއް އުފެއްދުމަށް ހަމަޖެހިފައިވާކަމަށާއި، މިއީ މެޑިކަލް އަދި ކުއްލި ހާލަތްތަކިގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާނެ އުދުހޭ ސައިކަލުތަކެއްކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އެގޮތުން ކުއްލި ހާލަތުގައި އެހީވާ ފަރާތްތަކުން އުފުލާ ތަކެތި ސައިކަލުގައި އެއްތަނުން އަނެއްތަނަށް ފޯރުކޮށްދެވުންވާނީ އެފަރާތްތަކުގެ މަސައްކަތަށް ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަންވެސް ޖެޓް އޭވިއޭޝަންއިން ބުނެފައިވެއެވެ.

މި ސައިކަލަށް މިހާރުވެސް ޕްރޯ އޯޑަރތައް ނަގަމުން އަންނަ އިރު، ސްކީ ފައި ސްކައި ބައިކެއްގެ އަގަކީ 381،000 އެމެރިކާ ޑޮލަރުކަމަށް ޖެޓް އޭވިއޭޝަންއިން ހާމަކޮށްފައިވެއެވެ.