Thiladhunmathi News
ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް
ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ. މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނ...