ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު އެލަވެސްގެ ގޮތުގައި 5000ރ. ލިބޭނެއެެވެ. މިއީ އެމްޕީއެލްގެ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެ ކުންފުނިން ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގުރާމުގައި އުމުރުން 18 އަހަރުން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އޯލެވެލް އާއި އޭލެވެލް ނުވަތަ ދަށްވެގެން ގުރޭޑް އަށެއްގެ ފެންވަރު ހުރި މީހުންނަށްވެސް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ފޮޓޯގްރާފަރުންނާއި ޓަގް ޑްރައިވަރުންނާއި ކޮޕީ ރައިޓަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ވެލަޑަރުންނާއި އެލުމެނިއަމް ޓެކްނީޝަނުނާއި މޭސަނުންނާއި ކާޕެންޓަރުން ތަމްރީން ކުރާނެއެވެ. އަދި ހެލްތް، ސޭފްޓީ އެންޑް އެންވަޔަރަމަންޓް އާއި މެޝިނިސްޓް އާއި ޓިންކަރިން މެކޭނިކާއި އެއާ ކޮންޑިޝަނިން ސާވިސް އެންޑް ރީފާ މެކޭނިކާއި މެރިން އިންޖިނިއަރިންގެ ދާއިރާއިން ވެސް މީހުން ތަމްރީން ކުރާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.