ލޯބިވެރިޔާއަށް ކުރި ޚަރަދު ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބު
ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، އަންހެން މީހާ ލައްވައި ފިރިހެނުން ޚަރަދު ކުރުވާ މައްސަލަ އަބަދުވެސް ބޮޑެވެ. ދެ މީހުން ރުޅިވުމަށްފަހު އަންހެން މީހާ ކޯޓަށް ދިއުމުން އެ ފައިސާ އަނބުރާ ދައްކަން ކޯޓުތަކުން ކުރިން ހުކުމް ކޮށްފައިވެ އެވެ. މިފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ފިރިހެނަކު އަންހެނަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. އދ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ލޯބީގެ […]