މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގެ އުތުރު ސަރަހައްދީ އޮފީސް ކުޅުދުއްފުށި ސިޓީގައި ރަސްމީކޮން ހުޅުވައިފި އެވެ.

ކުޅުއުއްފުށި ސިޓީގައި މިއަދު ހަވީރު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ ދީދީ އެވެ.

Ad
rt

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިއާ ދީދީ ގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި އެސިޓީގެ މުވައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ،

4 ފަންގިފިލާއަށް އިމާރާތް ކުރެވިފައިވާ މިއިމާރާތުގެ މަސައްކަތް ނިމި ބޭނުން ކުރަމުން އަންނަތާ ދުވަސްކޮޅެއްވަނީ ވެފަ އެވެ. ރަސްމީކޮން އިމާރާތް ހުޅުވުން ލަސްކުރެވިފައިވަނީ ކޯވިޑް19 ގެ ސަބަބުންނެވެ. މިއިމާރާތުގައި އޮފީހަކާއި އެކޮމަޑޭޝަން އާއި ޓްރެއިނިން ސެންޓަރެއްވެސް ހިމެނިފައިވެއެވެ. އެންފޯސްމެންޓްގެ ދާއިރާއިން އުރުތުގައި ހިންގާ ޓްރެއިނިންތައް ހިންގާނީ މިސެންޓަރުގައެވެ.

މިއިމާރާތް ނިންމުމަށް 13.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ކަސްޓަމްސްގެ ހިދުމަތް ފެށީ މީގެ 24 އަހަރު ކުރިން ހއ އުލިގަމުގަ އެވެ. ސަރަހައްދީ ބަނދަރެއް ކުޅުދުއްފުށީގައި ގާއިމް ކުރެވި ކަސްޓަމްގެ ހިދުމަތް ފަށާފައިވަނީ 16 އަހަރު ކުރިންނެވެ.