މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ރަށްރަށުގައި އުފައްދާތަކެތި ގަނެވިއްކައި ހެދޭ "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި އޮންނާނެއެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕް އަކީ ރަށު ފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ " ރަށު އޮންލައިން ފިހާރަ" އެކެވެ. މި އޮންލައިން ޝޮޕް މެދުވެރިކޮށް ރަށުގައިތިބެ ތަފާތު އުފެއްދުންތައް އުފައްދައި މުޅި ރާއްޖެއަށް އިޝްތިހާރުކޮށް، ފަސޭހަކަމާއިއެކު ގަނެވިއްކައި އީ-ޓުކުރި މެދުވެރިކޮށް ޑެލިވަރީ ކުރުމުގެ ޚިދުމަތް ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ލިބިގެންދާނެއެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން 25 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ ރޭ (މިރޭ) 21:00 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަފަރާތްތައް ބައިވެރިވުމަކީ އެ ފަރާތުގެ ވަރަށްބޮޑު އެދުމެކެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕް ހާއްސަވެގެން ވަނީ އެ ރަށެއްގެ އުފެއްދުންތެރިން އެ ރަށެއްގައި އުފައްދާ ތަކެއްޗަށެވެ. އެހެންކަމުން މި އޮންލައިން ޝޮޕް މެދުވެރިކޮށް އިމްޕޯޓް މުދާ ނޫން ހުރިހާ މުދަލެއް ވިއްކޭނެއެވެ. އީ-ޓުކުރީގެ ކޮމިއުނިޓީ އޮންލައިން ޝޮޕްގައި ހިލޭ ރަޖިސްޓަރީކޮށް، ވިޔަފާރި ކުރެވޭއިރު އޮންލައިންކޮށް ފައިސާ ބަލައިގަނެވޭނެއެވެ. އަދި ކުރީބައިގައި އޯޑަރު ނެގުމަށްފަހު ތަކެތި އުފައްދައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކޭނެއެވެ. މީގެއިތުރުން ހިލޭ މާކެޓްކޮށް އިޝްތިހާރު ކޮށްދިނުމުގެ އިތުރުން އުފައްދާ މުދަލުގެ ފެންވަރު ރަނގަޅު ކުރުމަށް ފަންނީ އެހީތެރިކަން ވެސް ލިބިގެންދާނެއެވެ.

މިއީ ރަށްފުށުގައި ތިބި ތަފާތު ވައްތަރުގެ އަތްތެރި މަސައްކަތްކުރާ މީހުންނާއި، ތަފާތު ބަންދުކުރި ކާނާ ތައްޔާރުކުރާ ފަރާތްތަކާއި، އަމިއްލަ ގޭގައި ފަހާ ތަފާތު އަންނައުނާއި އަމިއްލަ މަސައްކަތު އުފައްދާ ތަފާތު ހިފާގެންގުޅޭ ސާމާނުގެ އިތުރުން އަދި މި ނޫންވެސް އަމިއްލަ އުފެއްދުންތަކުން ފައިދާ ހޯދައި ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ. ފަހި ފުރުޞަތެކެވެ.