ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ.

Ad
rt

ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ ހިސާބަށް ކުރިއަށް ދާނެ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަ ކޮށްފައިވާ މަޢުލޫމާތުގައިވެއެވެ.

މި ޕްރޮގްރާމްގައި ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާ މައުޟޫޢުއަކީ "އިސްލާމް ދީނުގެ މާތްކަން" މިމައުޟޫއެވެ.

ހަނިމާދޫގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ފިރިހެނުން ނަމާދުކުރާ ތިން މިސްކިތެއް ހުރެއެވެ. އޭގެތެރެއިން ހުކުރު ނަމާދު ކުރަނީ ދެ މިސްކިތުގައެވެ. އެއީ މަސްޖިދުލް ތަޢުބާއާއި މަސްޖިދުލް މޫސާ އަލީގައެވެ. މި ދަރުސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ދެ މިސްކިތުގައެވެ.