ށ. ފީވަކުން އަނެއްކާވެސް އިތުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި މީހުންނަކީ، މިމަހުގެ 15 އަދި 16 ވަނަ ދުވަހު އެރަށުން ނެގުނު 18 ސާމްޕަލް ގެތެރެއިން ޕޮޒިޓިވްވި ބަޔެކެވެ. މި 18 ސާމްޕަލުން 7 ސާމްޕަލް ނެގެޓިވް ވިއިރު ނަތީޖާ ނުލިބޭ 1 ސާމްޕަލް ހިމެނެއެވެ.

Ad
rt

މީގެ ކުރިން މިމަހުގެ 11 އަދި 12 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކުގެ ތެރެއިން ވެސް 10 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.

މި ކޭސްތަކާއެކު މިހާތަނަށް ފީވަކުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތްތަކުގެ އަދަދު 130 އަށް ވަނީ އަރާފައެވެ. އަދި އެރަށުން ބަލިޖެހުނު ފަރާތްތަކުގެ ތެރެއިން 84 މީހުން މި ބަލިން ވަނީ ފަސޭހަވެފައެވެ.

އެރަށުގެ އެކްޓިވް ކޭސް ތަކުގެ އަދަދު 46 އަށް އަރާފައިވާއިރު އެ ފަރާތްތަށް ތިބި 13 ގެ އެއް ވަނީ ކަރަންޓިން ކުރެވިފައެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ލާފައެވެ.

ކޯވިޑްގެ ސަބަބުން އުތުރުން ހއ. އަތޮޅުން ތަކަންދޫ އަދި އިހަވަންދޫ ވެސް މިވަގުތު އޮތީ މޮނިޓަރިން ގެ ހާލަތުގައެވެ. އަދި ހދ. މަކުނުދޫއާއި، ނެއްލައިދޫ ވެސް އޮތީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ހުއްދަނެތި މި ރަށްތަކަށް އަރާފޭބުން މަނާކޮށްފައެވެ.