ށ. ފޯކައިދޫގައި ކޮވިޑް-19 އަށް ޕޮޒިޓީވްވެ، މިވަގުތު އެކްޓިވް ކޭސް ތަކުގެ އަދަދު 80 އަށް އަރައިފި އެވެ.
އެ ރަށު ސިއްޙީ މަރުކަޒުން ރޭ އާންމުކުރި ގޮތުގައި މިމަހުގެ 2 ވަނަ ދުވަހު އެރަށުން ނެގުނު 43 ސާމްޕަލް ގެ ތެރެއިން 2 ފަރާތެއް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި 2 މީހުންނާއެކު އެރަށުގެ މިހާރު މި ބައްޔަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ އަދަދު މިވަނީ 80 އަށް އަަރާފައެވެ.
މީގެ އިތުރުން، އެ ރަށުގެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް އިއްޔެ 16:30 އިން ފެށިގެން 18:30 އަށް ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގާފަ އެވެ. މިސާންޕަލްތައް ނަގާފައިވަނީ އެ ރަށުގެ އެކި ގޭބިސީ ތަކުގައާއި މަސައްކަތު ސައިޓް ތަކުގައި އުޅޭ މީހުންގެ ތެރެއިން ބައެއް މީހުންގެ އެވެ. މި ސާމްޕަލް ގެ ނަތީޖާ އަދި އެ މަރުކަޒަކުން އާންމު ކޮށްފައެވެ ނުވެއެވެ.
އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލެވިފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.
މި ކޭސް އާއި ގުޅިގެން މިހާތަނަށް 161 ފަރާތެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 79 ފަރާތެއް މިހާރު ވަނީ މިބަލިން ފަސޭހަ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!