ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

Ad
rt

މި މަސައްކަތް ފެއްޓުމަށް ހަނިމާދޫގައި ބޭއްވިރަސްމިއްޔާތުގައި ރައީސްގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދު ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫ 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ފެންހިންދާ ނިޒާމެއް ގާއިމް ކުރުމާއި މަގުބައްތި ހަރުކުރުމުގެ އިތުރުންމަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.