1442 ވަނަ އަހަރުގެ އަޟްޙާ ޢީދާއި ގުޅުވައިގެން ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ހއ. ކެލާގައި ނުހިންގުމަށް، ކެލާ ކޯވިޑް-19 ޓާސްކް ފޯރސްއިން އަންގައިފިއެވެ.
މިވަގުތަކީ، ދިވެހިރާއްޖެގައި ކޯވިޑް ބަލި ފެތުރެމުން ދިއުމާއި ގުޅިގެން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ވަގުތަކަށް ވީނަމަވެސް މި ދުވަސްވަރު އެ ރަށަށް ގިނަ އަދަދަކަށް ރަށުން ބޭރުން މީހުން އައިސްފައި ވާކަން ކެލާ ކޯވިޑް ޓާސްކްފޯރސްއިން ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޮޑެތި ލުއިތަކެއް ދިން ނަމަވެސް މި އަހަރުގެ އަޟްޙާ އީދާއި ގުޅިގެން ކުޅިވަރު މުބާރާތްތަށް ނުބޭއްވުމަށާއި ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވާތީ ކެލާގައި އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދިނުމަށް ކެލާގެ ކޯވިޑް ޓާސްކްފޯރސްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
މިއީ ކެލާއިން ޕޮސިޓިވް ކޭސް އެއް ފެނިއްޖެ ނަމަ އެއްތާވި މީހުން މަދުކުރުމުގެ ވިސްނުމުގައި ނިންމި ނިންމުއްކަމުގައި އެ ޓާސްކްފޯރސް އިން ވަނީ ހާމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!