ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އެމަޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޭއާރްއެޗް އިން ހާމަކުރިގޮތުގައި ޕޮޒިޓިވް ވެފައިވަނީ 61 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ އީއާރަށް ގެނެވުނީ މިއަދު ހަވީރު 16:05 ގާ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ.

Ad
rt

އެމެޖެންސީއަށް އޭނާ ގެނެސް ސާމްޕަލްނެގީ ރޯގާ ގެ އަލާމާތްތަކާއިއެކު ނޭވާކުރުވުމުން ކަމަށްވެސް ކޭއާރްއެޗް އިން މައުލޫމާތުދެއެވެ.

އަދި އެ މީހާ މިހާރުވަނީ އޭނާގެ އާއިލާއާއެކު ކުޅުދުއްފުށި ސިޓީގައި ހުންނަ ކޭޕީއެލް އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވިފާކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކޭސް އާއި ގުޅިގެން ކުޅުދުފުށި ސިޓީ އަށް ވަކި ޚާއްސަ ފިޔަވަޅެއް އަޅާފާ ނުވާކަން ކޭއާރް އެޗްއިން ފާހަގަކުރިއެވެ. ނަމަވެސް ށ. ފޯކައިދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ. އެމީހާއަކީ ށ. ފޯކައިދޫ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ.