އުރީދޫގެ ސުޕަނެޓް ހިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތައާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

Ad
rt

އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް ކަމަށްވެސް އޫރިދޫން ވިދާޅުވިއެވެ.

އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ނެއްލައިދޫގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއެކު އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ބޮޑެތި ޑާޓާ އެލަވަންސްއާއި އެކު ފުރިހަމަ ޕެކޭޖް ތަކެއްލިބޭނެކަމަށާއި ޚިދުމަތް ހޯދާލުމަށް އެންމެ ކައިރީގައިވާ އޫރިދޫ ޕާރޓްނަރ ސޮޕް އަކަށް ޒިޔާރަތް ކުރެއްވުމަށް ނުވަތަ އޮންލައިންކޮށް އެޕްލައިކޮށްލުމަށް އެދިފައިވެއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަރނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، ނެއްލައިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، އިންޓަރނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

މީގެ ކުރިން އުރީދޫން ވަނީ ނެޓު އަގުހެޔޮ ކުރުމުގެ ޕްރޮގްރާމުގެ ދަށުން އާ ހަތަރު ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެއީ 250 ރުފިޔާއަށް 30ޖީބީ އާއި 400 ރުފިޔާއަށް 65ޖީބީ އާއި500 ރުފިޔާއަށް 130ޖީބީ އަދި 700 ރުފިޔާއަށް 210ޖީބީއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރަންޖެހޭވަރު އިތުރުވެ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓްޙިދުމަތުގެ މުހިންމު ކަން މިހާރި އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އިންޓަނެޓު އަގުހެޔޮ ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގައި ބޭނުން ކުރެވޭގޮތަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތްވެސް ލިބޭނެއެވެ.

އިންޓަނެޓް ހިދުމަތަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލު ތަކުގެ ތޭރަގައި ހިމެނެނީ 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، 100 ޖީބީގެ އެލަވެންސް500 ރުފިޔާ އަށް، އަދި 200 ޖީބީ އެލަވެންސް 700 ރުފިޔާ އެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެއެވެ.