ހދ. ނޭކުރެންދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ފުލުހުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގައި ހުރި މި މީހާ ޖޫރިމަނާކުރީ 11000 ރުފިޔާއިންނެވެ.
އެގޮތުން، ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކަރަންޓީން އުސޫލުތަކާއި ޚިލާފުވުމުން ނެގޭ 10000 ރުފިޔާގެ ޖޫރިމަނާއާއި މާސްކު ނާޅާ ބޭރުގައި އުޅުމުން ނެގޭ 1000 ރުފިޔާގެ ޖޫރިމަނާ ހިމެނެއެވެ.
ނޭކުރެންދޫން ރޭންޑަމް ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން ހުސްވި މެއިމަހުގެ 24 ވަނަދުވަހު މޮނިޓަރިން އަށް ލުމަށްފަހު މިމަހުގެ 23 ވަނަދުވަހު ވަނީ އެހާލަތުން ވީއްލާފައެވެ.
އެރަށް މޮނިޓަރިންއަށްލީފަހުން ވަނީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށްވެސް ނިންމާފަ އެވެ. ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުލްއުޤޫބާތުގައި ބުނާ ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށް އެޗްޕީއޭއިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.
ނޭކުރެންދޫ ހެލްތު ސެންޓަރުން މިއަދު ހާމަކުރެއްވި ގޮތުގައި މިހާރު އެރަށުގައި އެކްޓިވް ކޭސް އެއް ނެތެވެ. ނަމަވެސް ފަހުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން 6 ސާމްޕަލްގެ ނަތީޖާ އަދި ލިބިފާނުވާކަމަށްވެސް އެ ސެންޓަރުން ހާމަކުރިއެވެ.
އެރަށުން މިހާތަނަށް 1711 ސާމްޕަލް ނެގިފާވާއިރު ޖުމްލަ 95 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިހުރިހާއެންމެންވެސް މިހާރުވަނީ ބަލިން ފަސޭހަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!