ހއ. ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާއި ގުލިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މިކަމަާއި ގުލިގެން މިނޫހަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ތޫނު އެއްޗެއް ބޭނުންކޮށް މާރާމާރީ ހިންގާ މީހަކު ޒަޚަމް ކޮށްލި މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

Ad
rt

މި މާރާމާރީ ހިންގާފައިވަނީ އިއްޔެ މެންދުރުފަހު 14:15 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވަ އެވެ. އެ މައްސަލައިގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 20:18 ގަ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތޫނު ހަތިޔާރު ބޭނުން ކޮށްގެން ރާއްޖޭގައި ހިންގާ މާރާމާރީ ތަކުގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް މަދުވެފައެވެ.