ހއ. އަތޮޅު ހޮސްޕިޓަލަށް ޚާއްސަ ކުރައްވައިގެން ތެރަޕީގެ ދާއިރާއިން ސްކޮލަޝިޕް ފުރުޞަތު ލިބޭގޮތަށް ހަމަޖެހިއްޖެއެވެ.

އޮކިއުޕޭޝަނަލް ސްޕީޗް ތެރަޕިސްޓް ކޯހުގެ މި ފުރުޞަތު ހއ. އަތޮޅު ހޮސްޕިޓަލަށް ހަމަޖައްސަވައި ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ.

Ad
rt

މި ބައްދަލުވުމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް އާއި، ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަލްފާޟިލް ޢުސްމާން އަޝްރަފް އާއި، އަދި ދިއްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލު ވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން އަލްފާޟިލާ ޚަދީޖާ އާދަމެވެ.

މި ސްކޮލަޝިޕް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ސެޕްޓެމްބަރ އެކެއް ގައެވެ.

ތެރަޕީގެ ދާއިރާއިން ސްކޮލަޝިޕް ފުރުޞަތުތައް އަތޮޅުތަކުގެ އެހެން ހޮސްޕިޓަލްތަކަށް ވެސް ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.