”އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު”މަޝްރޫއުއަށް ބޭނުން ވާ ހައި ސްޕީޑު ފެރީތައް ބަނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯއާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑު ފެރީތައް ބަނުމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ހަވާލު ކޮށްފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާއެވެ. މި އެއްބަސްވުމުގެދަށުން އެ ކުންފުނިން 17 ސްޕީޑް ފެރީ ލޯންޗު ބަންނާނެއެވެ.

Ad
rt

އެމްޓީސީސީން ބުނެފައިވާ ގޮތުން، މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ އަލަށް ބަންނަ ފެރީތަކުގެ ސްޕީޑް ތިން ގުނަ އަވަސްވާނެއެވެ. އަދި މި ފެރީތަކުގެ ސަބަބުންދަތުރުފަތުރު ކުރުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އަދި 30 ނޮޓްގެބާރުމިނުގައި ދުވާ ފެރީތަކެކެވެ.

މި ފެރީތަކުގެ ސީޓާއި ފަސެންޖަރުންގެ ކެބިން ފަރުމާ ކުރަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައްކަށް ހާއްސަ އިންތިޒާމުތަކެއް ގާއިމް ކޮށްގެން ކަމަށްވެސްއެމްޓީސީސީން ބުންޏެވެ.

ފެރީ ނިޒާމު މަޝްރޫއުގެ ދަށުން ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، ފުރަތަމަ ޓާމިނަލްހަދަމުން ދަނީ ހއ. ހޯރަފުށީގައެވެ.

އެމްޓީސީސީން ބުނީ، ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކުބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީވިއުގައަކުން ގުޅާލާނެއެވެ. އެ ތިން އަތޮޅުގެ ޖުމުލަ 41 ރަށަކަށް ހިދުމަތް ދޭނެ އެވެ. މި ނިޒާމުގެ ދަށުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދަތުރު ކުރެވޭނެ ކަމަށްކުރިން އެމްޓީސީސީން ވަނީ ބުނެފައެވެ.