ބާރަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު އަބްދުﷲ ނިސްބަތްވާ ދައިރާގެ ރަށްރަށަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ.

ދާއިރަގެ ރަށްތަކަށް ކުރާ ދަތުރުގެ ތެރެއިން ފުރަތަމަ އަހުމަދު އަބްދުﷲ ވަޑައިގަތީ ބާރަށަށެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށް އޭނާ ވަނީ އެ މީހުންގެ ޝަކުވާ އަޑުއަހާފައެވެ.

Ad
rt

މިދިޔަ އަންގާރަ ދުވަހުގެ ރޭ އަހުމަދު އަބްދުﷲ ވަނީ އުތީމު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އަދި އަންގާރަ ދުވަހުގެ ރޭ އޭނާ ވަނީ ތަކަންދޫ ރައްޔިތުންނާއި ބައްދަލުކޮށް ގިނަ ވާހަކަތަކެއް ދައްކާފައެވެ.