ހއ. ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ "އީދު ހޯރަ ވޮލީ ލީގް" ފޯރިއާއެކު ފެށިގެން އެރަށުގައި ކުރިއަށް އެބަގެންދެއެވެ.
މިނޫހަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މިއީ އެ އެކެޑަމީން ކުރިއަށްގެންދާ ފުރަތަމަ މުބާރާތް ކަމަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އީދުގެ އުފަލާއެކު އެކުވެރި މާހައުލެއްގައި ކުޅިވަރު ކުޅުމަށް ފުރުސަތު ދިނުމަށްކަމަށާއި އަދި ވޮލީއިން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުއްކަމުގައި ވިދާޅުވި އެވެ.
މިމުބާރާތް ކުރިއަށް ދަނީ މިމަހުގެ 18 އިން މިމަހުގެ 22 ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ލީގްއުސޫލުން އެންމެގިނަ ޕޮއިންޓް ހޯދާ ފުރަތަމަ ޓީމް ސީދާފައިނަލަށް ދާގޮތަށް އަދި 02 ވަނަ 03 އަށް ދާ ޓީމް މެދުގައި ސެމީއެއް ކުޅެ ފައިނަލް 02 ވަނަ ޓީމް ކަނޑައަޅާގޮތަށްކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ހޯރަ އެއާޕޯޓް، ހޯރަ ޔުނައިޓެޑް، ބަދަހި ސިކްސް އަދި ޓީމް ޓްރީޑީއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހޯރަ ޔުނައިޓެޑުގެ މައްޗަށް ހޯރަ އެއާޕޯޓް ކުރި ހޯދީ 3-1 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ބަދަހި ސިކްސްގެ މައްޗަށް ޓީމް ތްރީޑީން ކުރި ހޯދީވެސް 3-1 ސެޓުންނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އިތުރަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މިމުބާރާތަކީ ޒުވާނުންނާއި ހާއްސަކޮށް ވޮލީއަށް ލޯބިކުރާފަރާތްތަށް އަދި މުއައްސަސާތަކާއި، ކުލަބްޖަމިއްޔާތަކުގެ އެއްބާރު ލުމާއެކު ކުރިއަށްދާ މުބާރާތެއްކަމަށެވެ.

އެގޮތުން ކައުންސިލް އިދާރާ، ކޮމިއުނިޓީ ސެންޓަރ، ދަންމަރު ޔުނައިޓެޑް، އެފް.ސީ. ފްރިގޭޓަރ، 22 ސްޕޯރަޓްސް ކުލަބް، ޖެނެރޭސަން ސޮސައިޓީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން އެފަރާތުން ހާމަކުރިއެވެ.

އާރްވީ ސްޕޯޓްސް އެކެޑަމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް މުބާރާތްތަކެއް އެ އެކެޑަމީގެ ފަރާތުން ބާއްވާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި ހޯރަފުށީ ދަނޑުތަކުގެ މަސައްކަތް ނިމުމާއެކު، އެކެޑަމީން ކުދިން ތަމްރީނުކުރުމަށް ހުޅުވާލާނެ ކަމަށްވެސް މައުލޫމާތުދެއެވެ.
އާރްވީ ސްޕޯރޓްސް އެކަޑަމީ އަކީ 2020 އަހަރުން ފެށިގެން ހޯރަފުށީގައި މުޅިންއަލަށް ރެޖިސްޓްރީކޮށް ހޯރަފުށި ކުޅިވަރު އާލާކޮށް ކުރިވަރުގެ ރަނގަޅު ޖީލެއް ބިނާކޮށް ހުނަރިވެރިން ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގުސަދުގައި އުފައްދާފައިވާ އެކަޑެމީއެކެވެ. އަދި އެކަޑެމީގެ ހަރަކާތްތަށް ކޮވިޑްގެ ހާލަތުން އަރައިގަނެވުނު އަވަހަކަށް އެކެޑެމީ ހަރަކާތްތަށް ފެށިގެން ކުރިއަށް ދާނެކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!