ހދ. ފިނޭ ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، ފިނޭއިން އެ ހޮސްޕިޓަލަށް ޓެސްޓް ކުރަން ފޮނުވި ހޯމް ކަރަންޓީނު ސާމްޕަލް ތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވެފައި ވާކަމަށެވެ.

Ad
rt

ފިނޭއިން ޕޮޒިޓިވް ކޭހެއް ފެނުމާއި ގުޅިގެން އެރަށު ސިއްހީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، އެރަށުގައި ހޯމްކަރަންޓީން ކުރެވިފައިވާ ފަރާތެއްގެ ކޯވިޑަށް ޓެސްޓް ކުރީ ބަލީގެ އަލާމާތްތައް ފެނިގެން ކަމަށެވެ.

"19.05.2021 ވަނަ ދުވަހު ނެގިފައިވާ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް. މިކޭސްއާއި ގުޅިގެން އެގޭގައި ކަރަންޓީންކުރެވިފައިވާ އެހެން ފަރާތްތަކުގެ ސާމްޕަލް ނެގޭނެ. ޕޮޒިޓިވް ވެފައިވާ ފަރާތަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަން."

ފިނޭ ސިއްހީ މަރުކަޒުން ވިދާޅުވެފަ ވެއެވެ.

ފިނޭގެ ހުރިހާ ރައްޔިތުން ވެސް މިބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އެޅުމަށާއި، އަދި ހޯމް ކަރަންޓީންގައި ތިއްބަވާ ފަރާތްތަކުންވެސް ހޯމް ކަރަންޓީން ގެ ޤަވާއިދުތަކަށް ސަމާލުކަން ދެއްވުމަށް ފިނޭ ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ.

ފިނޭއިން ޕޮޒިޓިވް ކޭހެއް ފެނުނުއިރު، މިއަދު ވަނީ ރެކޯޑް އަދަދަކަށް ރާއްޖެއިން މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިގޮތުން މިއަދު 21،94 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.