ހއ. އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި އެވެ،
އެމަރުކަޒުން މިއަދު ބުނެފައިވަނީ، އެމަރުކަޒަށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ އިއިކްރޯމާ މެޝިން އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއިއެކު، މިމަރުކަޒުގެ ލެބޯޓަރީއިން ކުރިން ނުހެދޭ މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފެށިފައިވާކަމަށެވެ.
އެގޮތުން ތައިރޮއިޑް ޓެސްޓާއި، ޓެލެސީމިއާ ކުދިންނަށް އެންމެ މުހިއްމު އެއް ޓެސްޓް ކަމަށްވާ ފެރަޓިން ޓެސްޓާއި، ހަކުރުބަލީގެ ބަލިމީހުންނަށް މުހިއްމު ޓެސްޓެއްކަމަށްވާ HbA1c ޓެސްޓްގެ އިތުރުން ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތައް ދެނެގަތުމަށްހަދާ Troponin I ޓެސްޓްގެ ހިދުމަތް މުޅިން އަލަށް މިމަރުކަޒުގެ ލެބޯޓަރީން ލިބިގެންދާނެކަމަށް އެމަރުކަޒުން ބުނެފައިވެއެވެ.
ސިއްޚީ ކަންކަމަށް އެތައް ރައްޔިތަކު ބޮޑެތި ޚަރަދު ކުރަނީ، ދަތުރުފަތުރާ، ކޮއްތާ އަދި ކުއްޔަށް. ލާމަރުކަޒުވުމީ ރަށުގައި ހުރެ ޖީބައްލުއި ސިއްޚި ޚިދުމަތްވެސް ސީދާ ރަށުން ލިބުން.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މިޚިދުމަތް ފެށުމާއިގުޅިގެން ބުނެފައިވެއެވެ.
މިމަރުކަޒަށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ އިއިކްރޯމާ މެޝިން އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއިއެކު،...
Posted by Amina Dhiyo Health Centre on Friday, April 9, 2021
ހއ. އިހަވަންދޫއަކީ އާބާދީގައި 3300 އަށްވުރެ ގިނަ މީހުން ހިމެނޭ، ސަރުކާރުން މިހާރުވެސް ތަރައްގީގެ މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!