ތާޒާ ފެނުގެ ބްރޭންޑް އެންބެސެޑަރަކަށް މަޝްޙޫރު ފިލްމީތަރި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލޭންޑް ބެވަރެޖެސް މޯލްޑިވްސް (އައި.ބީ.އެމް) އިން ވިދާޅުވީ އެކުންފުނިން އުފައްދާ ތާޒާ ބްރޭންޑް ފެނުގެ އެންބެސަޑަރުކަމަށް ނާއްކޮ އާއި ދަގަނޑޭ ހަމަޖައްސަވާފައިވަނީ މިއަދު ކަމަށެވެ. އެކަމުގެ އެއްބަސް ވުމުގައި މިއަދު އެދެފާރާތާއިއެކު ސޮއިކޮށްފައިވާކަމަށް އެކުންފުނިން މަޢުލޫމާތުދެއްވަ އެވެ.

Ad
rt

މީގެ އިތުރުން އައި.ބީ.އެމް އިން ވިދާޅުވީ މިއީ އެކުންފުނިން ބާޒާރަށް ނެރެމުންއަންނަ ތާޒާ ފެނުގެ ބްރޭންޑް އެމްބެސެޑަރކަމަށް އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ތާޒާ ފެނުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި އެފެނުގެ ކޮލިޓީ ބެލުމަށް ގާއިމްކޮށްފައިވާ ލެބޯޓްރީއަކީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

We're delighted to announce the signing of the well renowned accomplished footballer Ali Ashfag (Dhagandey) & the...

Posted by Island Beverages Maldives Pvt Ltd on Saturday, March 13, 2021

އައިބީއެމްއިން އުފައްދާ "ތާޒާ" ފެނުގެ ފެންފުޅިތައް އޮންލައިންކޮށް އޯޑަރ ކުރުމުން މާލޭ ސިޓީގެ ގޭގެއަށް ގެންގޮސްދިނުމިގެ ޚިދުމަތްވެސް މީގެ ކުރިން ވަނީ ފަށާފައެވެ. ތާޒާ ފެނަށް އޯޑަރ ކުރުމަށް ފަސޭހަކޮށްދިނުމަށް ތަޢާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1619 އެވެ.