ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) ގައިޑްލައިންތަކާއި ޚިލާފަށް، މާލެއިން ވ. އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި މާލެއިން އަންބަރާއަށް 95 މީހަކު ގޮސްފައި ވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި ކަމަށެވެ. އަދި އެ މީހުން ދަތުރުކުރި އުޅަނދުގައި ހުއްދަ ކޮށްފައިވާ ވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

Ad
rt

"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެ،" ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ކޯވިޑް ފެތުރުން ހުއްޓުވުމަށް ހުރިހާ ރައްޔިތުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށާއި، އެންގުންތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އެދިފައެވެ.

2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ އަންބަރާގައި 198 މީހަކު ޕާޓީ ކުރަމުންދަނިކޮށް ފުލުހުން އެރަށަށްއަރައި، އެމީހުން ޗެކް ކުރުމަށްފަހު 79 މީހަކު ހައްޔަރުކޮށް، 119 މީހަކު ދޫކޮށްލި އެވެ. ހައްޔަރުކުރި 79 އެމީހުން ވެސް ފަހުން ދޫކޮށްލިއެވެ.