މުޒާހަރާ ކުރާތާ 100 ދުވަސް ފާހަގަ ކުރަން ދަނޑުވެރިން ވެގެން އިންޑިއާގެ ބޮޑު ހައިވޭއެއް ބަންދުކޮށްފިއެވެ.
މިއަދު ގިނަ އަދަދެއްގެ ދަނޑުވެރިން ނިއު ދިއްލީގެ ހައިވޭ އެއް ބަންދު ކޮށްފައިވަނީ ކާރުތަކާއި ޓްރެކްޓަރުތައް ބޭނުން ކޮށްގެންނެވެ.
މި މުޒާހަރާތަކަކީ ދަނޑުވެރިކަމުގެ ދާއިރާ ބޮޑެތި އަމިއްލަ ކުންފުނިތަކަށް ހުޅުވާލުމާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ދަނޑުވެރިން ކުރަމުން އަންނަމުޒާހަރާތަކެކެވެ. މި ދަނޑުވެރިން ބުނަމުން އަންނަނީ މި ބަދަލުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ގެއްލުން ވާނެ ކަމަށެވެ.
މި މުޒާހަރާތަކުގައި މިހާތަނަށް 248 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން ދަނޑުވެރިންގެ ބަސް އަޑުއަހައި ކަންބޮޑުވުންތައް ހައްލު ކުރުމުން ކަމަށް އެ މީހުން ބުނެއެެވެ.
ދިހަ ހާހައްވުރެ ގިނަ މީހުން އެއްވެގެން ފެށި މި މުޒާހަރާއާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި ރިއާނާ އާއިގްރޭޓާ ތަންބާގް ފަދަ ބޮޑެތި ޝަހުސިއްޔަތުތައްވެސް ހިމެނެއެވެ.
100th day of Farmer's protest in India, agitating farmers blocked expressway for 5 hours and registered their protest against the controversial farm laws drafted by the #Modi regime. @iamdevv23 #100DaysFarmersProtest pic.twitter.com/ZnGlL6pgJV
— Naaved Bawa (Akhlad Khan) (@BawaNaaved) March 6, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!