އަންނަ މަހު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ގަލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ ހަތަރެއް އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ބާއްވަން ނިންމައި ފަހުން ފަސްކުރި އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

މެލޭޝިއާއާއި، އިނގިރޭސިވިލާތުގެ ލަންޑަންއާއި، ރާއްޖޭގެ ރިސޯޓްތަކާއި އަދި ޖަލުތަކުގައި ވޯޓުލާން ކުރިން ރަޖިސްޓަރީކޮށްފައިވާ މީހުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލާތަނުގެ ގޮތުގައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް އީސީން ކުރިން ބުނެފަވާއިރު، އެފަދަ ފަރާތްތަކުން މި މުއްދަތުގައި އަލުން ރީ-ރަޖިސްޓާވާން އީސީން ވަނީ އެދިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ނިންމާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19 އާއި ގުޅިގެން އެންމެ ފަރަތަމަ ފަސްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ކޮމިޝަނަށް އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު މުއްދަތެވެ. ނަމަވެސް “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020”އިން ޤާނޫނީ ހައްލެއް ހޯދައި އެ އިންތިޚާބު ވަނީ އެކިފަހަރުމަތިން ލަސްކޮށްފައެވެ.