ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް އިމަރާމާތު ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ލެބޯޓްރީ އިމާރާތުގެ ރެނޮވޭޝަންމަސައްކަތާއި ވަރޑުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

Ad
rt

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުފެ ޖާގައަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެއިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރާނެއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 30.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.