ތިލަދުންމަތީގެ އިތުރު 4 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޒޯން 1 ގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން، އިތުރު ހަތަރު ރަށެއްގެ ކައުންސިލްތަކާއިއެކު އެންވަޔަރަންމަންޓް މިނިސްޓްރީން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ކުރިއަށް ދިޔަ އޮންލައިން ރަސްމިއްޔާތެއްގައެވެ.

Ad
rt

މިގޮތުން މިފަހަރު ސޮއިކުރި ހަތަރު ރަށަކީ، ހއ. ފިއްލަދޫ، ހއ. ބާރަށް، ށ. ކޮމަންޑޫ އަދި ށ. ފުނަދޫ އެވެ.

މިމަހުގެ 18 ވަނަ ދުވަހު ވެސް ވަނީ ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ ނުވަރަށަކީ، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރު، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ އަދި ށ. ނަރުދޫ އެވެ.

މި މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ކައުންސިލްތަކުގެ ފަރާތުން ކަމަށް މަޢުލޫމާތު ލިބިފަ ވެއެވެ.