ވ. ކެޔޮދޫ އާއި އއ. ރަސްދޫ ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރަން ބޭނުންވާ ކޭބަލް އެ 2 ރަށަށް ފޮނުވައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފައިވަނީ މި 2 ރަށުގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އެކުންފުނިން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ މި މަޝްރޫއު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީގެ މަސައްކަތްކަމަށެވެ.

Ad
rt

ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް މަަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ބިލު ދެއްކުމުގައި ލުއިތަކެއް ދިނުމަށް މިދިޔަ ހަފުތާގައި ހާއްސަ ޕްލޭނެއްވެސް ތައާރަފުކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ކޮންމެމަހެއްގެ ބިލަށް އެއް އަދަދެއް ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.