ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަަންނަ މާރިޗްމަހު ފަށާ ވޮލީ މުބާރާތުގައި ބައިވެރިވާ އެއަތޮޅު ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމާއި، ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލްކުރާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައްދަލުކުރަށްވައިފިއެވެ.

ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމެއް، މިއަހަރު ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިކުރަނީ ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

Ad
rt

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހިމެނޭހެން އެރަށު އަންހެން ވޮލީ ޓީމާއިއެކު އޮންލައިންކޮށް މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މެންބަރު ރާޢީ ވަނީ އެ ޓީމްގެ މެންބަރުންނަށް ހިތްވަރުދެއްވައި ވާހަކަ ދައްކަވާފައެވެ.

''ދާއިރާ ތަމްސީލް ކުރާ އެމްޕީގެ ފަރާތުން ކައުންސިލް އިން އެދޭ ކަންކަމުގައި މަޝްވަރާކޮށް ކަންކަމުގައި ލަފާ ދެއްވާތީ، ކައުންސިލްގެ ފަރާތުން އިޙްލާސްތެރި ޝުކުރު އަދާކުރަން''

އެބައްދަލުވުމާއިގުޅޭ ގޮތުން ކުމުންދޫ ކައުންސިލުން ވިދާޅުވެފަ ވެއެވެ.

ހދ. އަތޮޅު ކައުންސިލުން އިންތިޒާންކޮގެން އެ އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 23 ވަނަ ދުވަހު 14:00ގެ ނިޔަލަށް ހަމަވާނެއެވެ.

ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމާ ރާޢީ ބައްދަލު ކުރެއްވިއިރު، އޭނާ އަކީ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ މެންބަރެއް ގޮތުގައި ފާހަގަ ކުރެވެއެވެ.