މާލޭ ސިޓީގެ ސްކޫލްތަކުގެ ގްރޭޑް 1 އިން 6 އަށް ކިޔަވައިދިނުން ކުރިއަށް އޮތް ދެ ހަފުތާ އޮންލައިންކޮށް ކުރިއަށް ގެންދަން އެ ޑިޔުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.
އެ މިނިސްޓްރީއިން މިރޭ އާންމުކުރި ޢިއުލާނެއްގައި ބުނީ އެ ގޮތަށް ނިންނީ މާލޭ ސަރަޙައްދުގެ ކޯވިޑްގެ ހާލަތު ގޯސްވެ، ކޭސްތައް އިތުރުވަމުން ދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތީން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިގޮތުން 14 ފެބްރުއަރީ 2021 އިން ފެށިގެން 25 ފެބްރުއަރީ 2021އަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އިން 6 އަށް ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
އެޑިޔުކޭޝަނުން މިގޮތަށް ނިންމިއިރު ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އަލަށް 120 މީހުންނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން އެ ބަށްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،507 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!