ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ މައުލޫމާތު ހާމަކުރަށް ވަމުން، އެ ކައުންސިލުން ވިދާޅުވީ، އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދިއްދޫން ކޯވިޑް ޕޮޒިޓިވް އިތުރު ކޭހެއް ފެނިފައިވާއިރު ޖެނުއަރީ 14 ވަނަ ދުވަހު އެކަކު، އަދި ޖެނުއަރީ 18 ވަނަ ދުވަހު އެކަކު، އެ ރަށުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.
މީގެއިތުރުން އޭގެކުރީން ވެސް އެ ރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!