ިހއ. އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަންކުރި މައްސަލައަކާ ގުޅިގެން ، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އިހަވަންދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހެޅުނު ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަން ހާމަކުރަށްވާ ފުލުހުން ވިދާޅުވީ، އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮއްފައިވަނީ 28 އަހަރުގެ ދިވެހި ފިރެހެނަާއި 39 އަހަރުގެ ދިވެހި ފިރިހެނެކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ވަގަށް ނެގި ފައިސާތައް ހޯދުމަށް ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މަސައްކަތްތެއް ކޮށްފައިވާ ކަމަށާއި އެގޮތުން، ވަގަށް ނަގާފައިވާ 230,000 ރުފިޔާގެ ތެރެއިން 72،620 ރުފިޔާ މިހާތަނަށްވަނީ ހޯދާފައިވާކާމަށެވެ. އަދި އެ ފައިސާ ހޯދާފައިވަނީ މޫދުންނާއި އެރަށު ގެއެއްގައި ފޮރުވާފައި ހުއްޓައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފަ ވާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!