ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް ފޮރެންސިކްސް އާގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މި ޝެޝަން ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ.

Ad
rt

ފުނަދޫ ސްކޫލުގައި ރޭ ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކިޔަވަމުންދާ "ބައެލޮޖީ" މާއްދާގައި ހިިމެނޭ ފޮރެންސިކް ބައިގެ ތެރެއިން ދަރިވަރުންނަށް އިތުރު މަޢުލޫމާތު ހޯދައިދިނުމާއި، ފޮރެންސިކްސް އާ ގުޅޭގޮތުން ނޭނގޭ އެކިއެކި މަޢުލޫމާތާއި ކަންކަން ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެސްކޫލުގެ އެދުމުގެ މަތިން ފުލުހުން ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ހދ. އަތޮޅު ފޮރެންސިކް ޔުނިޓާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި ޑިޓަރމައިން ދަ ޓައިމް އޮފް ޑެތު އާއި ޑީއެންއޭ ޕްރޮފައިލިންގ އާއި ޕީސީއާރު އާއި ކްރިމިނަލް އިންވެސްޓިގޭޝަން އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ.

މި ސެޝަންގައި ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރާ 13 ދަރިވަރުން ބައިވެރިވެފައިވާއިރު މި ސެޝަންގައި މައުލޫމާތު ދެއްވާފައިވަނީ ޕޮލިސް ސްޓާފް ސަރޖަންޓް މުޙައްމަދު އަޙްމަދު އާއި ޕޮލިސް ކޯޕްރަލް ޢަބްދުއްރަޙްމާން އަދި ޕޮލިސް ކޯޕްރަލް މުޙައްމަދު ސަމީރު އެވެ.