ހއ. ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް މިއަދު ހަވީރު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ.

Ad
rt

ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ މަޝްރޫޢުއެކެވެ. މި އެއްބަސް ވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ސާރާ މުހައްމަދެވެ.

4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސް ވުމުގެ ދަށުން ހޯރަފުށީގައި ގާއިމު ކުރަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.

ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ހޯރަފުށީ ކައިރީގައި އޮންނަ އިހަވަންދޫގައި މިހާރު ވެސް އައިސްޕްލާންޓެއް ހުރެއެވެ.