ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަހައްދުގައި ވިޔަފާރި އުސޫލުން ރެސްޓޯރެންޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް އެ ކައުންސިލަށް ވަޑައިގެން ރެޖިސްޓަރީ ކުރައްވަމުން ގެންދިއުމަށެވެ.

Ad
rt

ރަޖިސްޓަރީ ކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަނަދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ނުލިބޭގޮތަށް ހަމަޖައްސާފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި އެ އިދާރާގައި ކަމުގައި އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް، ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައި ގަންނަވާނެ ކަމަށާއި، އަދި 04 ފެބްރުއަރީ 2021

ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މިކަމާއި ގުޅިގެން ބާއްވާ ޕްރީބިޑް ސެޝަން ކައުންސިލް އިދާރާގައި އޮންނާނެއެވެ.

މި މަސައްކަތާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 04 ފެބްރުއަރީ 2021 ވާ ބުރާސްފަތި

ދުވަހު ހެނދުނު 10:00 ގެ ކުރިން info@nellaidhoo.gov.mv އަށް މެއިލް ކުރައްވަމުން ގެންދިއުމަށް އެ ކައުންސިލުން އެދިލައްވައެވެ.