ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލާއި މިނިސްޓްރީ އިފް ޔޫތު ސްޕޯޓްސް އެންޑް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރާފަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވާ ކުރިމަގު އުޖާލާކުރުމުގެ މަޤްޞަދުގައި ރާވާ ހިންގާ ޕްރޮގްރާމެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވެ.
އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2021 އިން 27 ޖަނަވަރީ 2021 ގެ ނިޔަލަށެވެ.
އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް (https://forms.gle/utkzVd9RRTG65wW59) މެދުވެރިކޮށް ރެޖިސްޓަރ ވުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީވެލައްވާ 15 ޒުވާނުންނަށް އިސްކަންދޭ އުޞޫލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!