މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކޮށްފި އެވެ.
ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސްމިތް) ސިޔާސީ މަގާމަށް އައްޔަންކުރީ މިިދިޔަ ބުދަ ދުވަހު، ޓުއަރިޒަމް މިނިސްޓްރީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުކަމަށެވެ.
ސްމިތަކީ ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފަރާތެކެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ސްމިތް ހައްޔަރުކޮށް ފަހުން ވަނީ މިނިވަން ކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ހަރަކާތްތަކާއި މުޒާހަރާތަކުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާއިރު، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު މީގެ ކުރިންް ހައްޔަރުކޮށްފައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވި ފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު ހައްޔަރުކޮށް، ދޫކޮށްލީ ބޮޑެތި ފިއްތުންތަކާ ހެދި އެވެ. އެހެންވެ، ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ފުލުހުންނަށް އަމާޒުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!