އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއަށް "ބޮންތި ރަތްކެޔޮ" ވިއްކާނެ ދިވެހި ދަނޑުވެރިން ހޯދަން އިޢުލާން ކޮށްފި އެވެ.
އެކޯޕަރޭޝަނަށް ދޮންކެޔޮ ވިއްކާނެ ފަރާތްތައް ހޯދުމަށް އިޢުލާން ކޮށްފައިވަނީ މިއަދު އެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، އެކޯޕަރޭޝަންއަށަ ބޮންތި ރަތްކެޔޮ ވިއްކުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލާކަމަށެވެ.
މިކަމަށް އެދޭ ފަރާތް ތަކުން، މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކޯޕަރޭޝަނުގައި ރަޖިސްޓްރީކުރެއްވުން އެދޭކަމަށް ބުނެފައިވެއެވެ.
ރަޖިސްޓްރީ ވުމަށް އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ވެންޑަރ ރަޖިސްޓްރްރޭޝަން ފޯމް ފުރިހަމަ ކުރައްވާ، އީމެއިލް ((info@agronational.mv ކުރެއްވުން ނުވަތަ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފީސް (ހ. އޯކިޑް، 8/B ، 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު، މާލެ) އަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3030426 ނުވަތަ 7447212 އަށް ގުޅުއްވުމަށްވަނީ އެދިފަ އެވެ.
ސަރުކާރުން ހިއްސާވާ ދަނޑުވެރިކަމުގެ ހާއްސަ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަން އަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހަމަ އަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައިޗެއިން ތަރައްގީކުރަން މަސައްކަތް ކުރުން އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެެނެ އެވެ.
އެގްރޯ ނެޓަށް ތަކެތި ވިއްކަން ބޭނުންވާ ދަނޑުވެރިންނާއި އެގްރޯނެޓުން ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުންވެސް އެކަމަށް ޚާއްޞަކޮށްފައިވާ ފޯމެއް ފުރައި ރަޖިސްޓްރީ ވާންޖެހެއެވެ. މިގޮތުން ރަޖިސްޓްރީ ވާ ދަނޑުވެރިން އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެ ރަށެއްގައި ގާއިމު ކުރާ ކަލެކްޓިން ސެންޓަރ މެދުވެރިކޮށް ގަނެ އެތަކެތި މާކެޓް ކޮށްދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!