ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ މެޗުތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

22 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗު 23 ޑިސެމްބަރ 2020 ވާ ބުދަދުވަހަށް ފަސްކޮށްފައިވާއިރު މި ބަދަލާއި ގުޅިގެން ކޮންމެ ޓީމެއް ވެސް ކުޅެންޖެހޭ މެޗުތައް އެއް ދުވަސް ފަހަތަށް ޖެހިގެންދާނެއެވެ.

Ad
rt

އަންގާރަ ދުވަހު މޫސުން ގޯސްވުމުގެ ސަބަބުން ބުދަ ދުވަހަށް ފަސްކޮށްފައިވާ ތިން މެޗަކީ ޖަންގަލްއާއި ކުލަބް ޕެނީ ބައްދަލުކުރާ މެޗާއި، ޔުނައިޓެޑް ޔޫތާއި ޓީމް ނައިވާދޫ ބައްދަލުކުރާ މެޗުގެ އިތުރުން ސެންސިޓީ އަދި ތުރާކުނު ބައްދަލު ކުރުމަށް ހަމަޖެހިފައިވާ މެޗެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރައިން އެންމެ ފަހުން ނެރެފައިވާ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ މިއަދުގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:00 އަށް ހއ އަތޮޅުން ބ އަތޮޅާއި ދެމެދު ރަށްތަކަށް ހުދު ސަމާލު ނެރެފައއެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ ސަމާލުގައި ވަނީ ލަފާކޮށްފައެވެ.

މި މުބާރާތުގެ ޖުމްލަ ފަނަރަ ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ކުޅިމަގު، ޒުވާނުންގެ ގުޅުން، އުލިގަމް. ކޮފަލި، އެންވީކޭ، ބޮޑުމަގު، އެޗްއެން ސްޕޯޓްސް ކްލަބް، ޗެޕޭ ސްޕޯޓްސް، ޖަންގަލް، ކްލަބް ޕެނީ، ޔުނައިޓެޑް ޔޫތު، ޓީމް ނައިވާދޫ، ސެންސިޓީ، ތުރާކުނު އަދި ޓީމް އަރާދުވާއެވެ.