ހދ. ކުމުންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

އެރަށު ކައުންސިލުން މިއަދު ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު މިއަދު އާއްމުކޮށްފައިވާއިރު މިއަދު ވަނީ މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަންވެސް ހުށަހެޅުމަށް އެދިފައެވެ.

Ad
rt

ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޕޮއިންޓް ދީފައިވާ ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްކަމުގައިވާނަމަ މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ކައުންސިލަށް އެންގުމަށް އެދޭކަމަށެވެ. ހަމައެހެންމެ، ގޯއްޗަށް އެދިފައިވާ އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވުމާއި ގުޅިގެން ގޯތި ނަގަން ބޭނުން ނުވާނަމަ އެކަންވެސް 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އަންގަން އެދިފައިވެއެވެ.

އެރަށުން ދިރިއުޅުމަށްޓަކައި ގޯތި ހޯދަން 110 ފަރާތަކުން އެދިފައިވެއެވެ.