އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރު ޤައުމެއްގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު ލ. ގަމަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިވާ ކަމަށެވެ.

Ad
rt

އެ ބޯޓަކީ ތުރުކީ ވިލާތުން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގު ބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ އާގު ބޯޓަކީ "މޭސޯރާ" ނަމަކަށް ކިޔާ ކާގޯ ބޯޓެކެވެ. އެބޯޓުގައ ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

''މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމަބޭހެ އިދާރާތަކުގެ ހުއްދައާއެކު މިބޯޓް މިއަދު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު ހެނދުނު 08:30 ހާއިރު ވަނީ ލ.ގަމަށް ގެންގޮސްދީފައެވެ. މި މީހާއަށް މިހާރު ފަރުވާދެމުންދަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.''

އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ.

މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.