ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތަކަށް މިރޭ ބުރޫއަރާނެކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލްއިން މިރޭ 22:00 ގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 1 އަކުން ފަތިހު 4 ޖެހުމާއި ހަމައަށް މެއިޓެއިނެންސްގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިކަމުގެ ސަބަބުން އެ ބޭންކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް ބޭންކިންގް ޙިދުމަތާއި، އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ދޭ ޙިދުމަތްތަކާއި، ޔޫއެސްޑޮލަރ ބުކިންގ ޕޯޓަލްގެ ޚިދުމަތްތައް ހޯދުމުގައި އެ ވަގުތުތަކުގައި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތް ކުރުމަށް މިގަޑި ޚިޔާރުކޮށްފައިވަނީ އެ ގަޑިތަކުގައި އެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަށް މަދުވާނެކަމަށް ލަފާކުރެވޭތީއެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބީއެމްއެލްގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ.