ދިވެހިރާއްޖޭގައި މުޢާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުގައިވާ އުރީދޫ މޯލްޑިވްސްއިން "އާޗާ ޕްރިޕެއިޑް" ގެ ނަމުގައި ޕްރިޕެއިޑް ޕްލޭންތަކެއް ތަޢާރަފް ކޮށްފިއެވެ.
މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގައި އިންޓަނެޓްގެ ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ކުންފުނީގެ ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތަޢާރަފް ކޮށްފައިވާ އާޗާ ޕްރިޕެއިޑް ޕްލޭން ތަކުގެ ސަބަބުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
އުރީދޫއިން ތަޢާރަފްކޮށްފައިވާ އާޗާ ޕްރިޕެއިޑް ޕްލޭންސް އަކީ އެއްފަހަރު ރިޗާޖް ކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭންތަކެކެވެ. ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭ މި ޕްލޭންތައް ފަރުމާކުރެވިފައި ވަނީ 12 މަސް، 6 މަސް އަދި 3 މަހަށް ބަހާލެވޭ ގޮތަށެވެ.
އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކޮށްލުމުން އެއް ފަހަރު ރިޗާރޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ 12 މަހަށް ލުއިފަސޭހަ ކަމާއިއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސް. އެމް. އެސް ކޮންމެ މަހަކު އާވެ، މެދުކެނޑުމެއްނެތި ލިބިގެންދާނެއެވެ.
“Excited to launch “Aachaa Prepaid” - the first ever commitment based Prepaid plans in the Maldives, offering great value. These plans are ideal for customers who do not want to recharge often and enjoy plans with longer validity.” Acting CCO, Hussain Niyaz.#AachaaPrepaid pic.twitter.com/O6PnJ5W8D7
— Ooredoo Maldives (@OoredooMaldives) November 16, 2020
އުރީދޫއިން ތަޢާރަފް ކުރި އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް އުރީދޫ އެޕް: http://ore.do/app ބޭނުން ކުރަށްވާށެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށޤ ކީވޯޑް “3” (3 މަހުގެ ޕްލޭން)، “6” (6 މަހުގެ ޕްލޭން) ނުވަތަ “12” (12 މަހުގެ ޕްލޭން) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން *929*1# ޑައަލް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!