މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން ހދ. ކުޅުދުއްފުށީ ސިޓީގައި ގާއިމްކޮށްފައިވާ، ފެނާއި ނަރުދަމާ ގުޅައިދިނުމާއި ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް އެކަމަށް އެ ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވާއިރު ބީލަމުގައި ބައިވެރިވުމަށް ޖުމްލަ ދެ ޝަރުތެއް ފުރިހަމަ ވާންޖެހެއެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުމުގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުމެވެ.
ބީލަން ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބީލަން ފޮތް 300 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ބީލަން ފޮތް ބައްލަވައި ގަތުމަށް ފައިސާ ދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރެއްވުމަށް https://banktransfers.mwsc.com.mv މި ލިންކް ބޭނުން ކުރުމަށް އެ ޢިޢުލާނުގައި ބުނެފައިވާއިރު، ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2020 އިން 10 ނޮވެމްބަރ 2020 އަށެވެ.
ބީލަންފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރު ފަހު 02:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާގައެވެ.
ޕްރީބިޑް މީޓިންގް ބޭއްވުމަށް 15 ނޮވެމްބަރ 2020 ވާ ދުވަހު 01:00 ހަމަޖައްސާފައިވާއިރު، ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 18 ނޮވެމްބަރ 2020 ވާ ދުވަހު 11:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަން ވާނެކަމަށާއި، ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީ ސިޓީގައި ގާއިމްކޮށްފައިވާ، ފެނާއި ނަރުދަމާ ގުޅައިދިނުމާއި ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރެވިގެން ދިޔައިރު، ކުޅުދުއްފުށީ ސިޓީގައި ހިނގަމުންދާ އެމްޑަބްލިޔުއެސްސީއާއި ގުޅުންހުރި މަސައްކަތްތަކާއި، ޚިދުމަތްތައް ބައްލަވާލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހާއި، އެ ކުންފުނީގެ ޓީމެއް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި އެސިޓީއަށް ޒިޔާރަތް ވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!