ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން ހިންގުމަށް އިޢުލާން ކޮށްފައިވާ "ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތުގެ ޤުރުއަތުލުމުގެ ރަސްމިއްޔާތު 05 ނޮވެމްބަރ 2020 ވީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހިގެ ހަވީރު 16:00 ގައެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ޔޫތު ސެންޓަރުގެ ޓާފް ކޯޓުގައެވެ.

Ad
rt

މި މުބާރާތް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ހަނިމާދޫގައި ވޮލީއަށް އޮންނަ ލޯބި އިތުރު ކުރުމާއި، ހަނިމާދޫގައި މޮޅެތި ވޮލީ ކުޅުންތެރިން އުފެއްދުމުގެ އިތުރުން، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަން އިތުރުކުރުމެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅެއުޅުމަށް ހިތްވަރު ދިނުމަކީ ވެސް މި މުބާރާތުގެ މަޤުޞަދެކެވެ.

ފޮޓޯ: އަބުދުﷲ ނާަސިރު

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި 10 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމް ތަކަކީ ޓީމް މުގުރު، ޓީމް ތޮނަ، ޓީމް ބްލޮކް، ވީސީ ކަންމަތި، މަލަރު، ބުނެލާނެ، ޔުނީފޯމް، ރޫހް، ޓީމް ލެޖެންޑްސްގެ އިތުރުން ޤައުމީ ޓީމެވެ.

މުބާރާތުގެ އަންހެން ކެޓަގަރީގައި ވަނީ 7 ޓީމަކުން ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ޓީމް އުންމީދު، ވައި ކާންޓް ވީ، ޓީމް ސްޕައިކާރސް، ސްޕައިކާރސް ޓޫ، އެޗްއެޗްސީ، ޓީމް ކަނބަލުންގެ އިތުރުން ޓީމް ހިތްވަރެވެ.

ފޮޓޯ: އަބުދުﷲ ނާަސިރު

މި މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިޔުމަށް ރާވާލެވިފައިވަނީ ކޮންމެ ކެޓަގަރީއެއް ވެސް ދެ ގްރޫޕަށް ބަހާލުމަށް ފަހު ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބިގެންދާ ގޮތަށެވެ. ފައިނަލުގެ ޖާގަ ލިބިގެންދާނީ ސެމީފައިނަލް މެޗުތަކުން މޮޅުވާ ޓީމްތަކަށެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 22 ނޮވެމްބަރ 2020 ގައެވެ.

ok

ހަނިމާދޫގައި ފާއިތުވި ދެ އަހަރު ހިންގި ހުރިހާ ކުޅިވަރު މުބާރާތް ތަކެއްގެ ސްޕޮންސާ ކޮށްފައިވަނީ ހެޕީމާކެޓްގެ ފަރާތުންނެވެ. އެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ހަނިމާދޫގައި އެ ފަރާތުން ސްޕޮންސަރ ކޮށްގެން ރަށު ފެންވަރުގެ ވޮލީބޯޅަ ދެ މުބާރާތާއި އަދި އަތޮޅު ފެންވަރުގެ އެއް މުބާރާތް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.

ހެޕީމާކެޓް ވޯލީބޯލް ޓޯނަމެންޓްގެ 2020 ގެ މީޑިއާ ޕާޓްނަރަކީ ތިލަދުން ނޫހެވެ.