މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އަޙްމަދު ޢާދިލް ހަބަރުމާގެ، އަދި ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށް ޙުސައިން މޫސާ، ހިޔަލީގެ އިންތިހާބުކޮށްފިއެވެ.
މި މަޤާމަށް މިދެބޭފުޅުން އިންތިހާބު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެރަށު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ އެކައުންސިލްގެ ތިންވަނަ ދައުރުގެ 109 ވަނަ ޢާންމު ޖަލްސާގަ އެވެ.
އަޙްމަދު ޢާދިލް އާދިލްއަކީ އެކައުންސިލްގެ ނައިބް ރައީސްގެ މަޤާމް ފުރުއްވަމުން އައިފަރާތެވެ.
މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އަޙްމަދު ޢާދިލް ހަބަރުމާގެ / ށ. ފީވައް އަދި...
Posted by Secretariat of the Feevah Council, North Miladhunmadulu on Wednesday, November 4, 2020
ރައީސްގެ މަޤާމް ހުސްވެފައިވަނީ، ނިމިދިޔަ އޮކްޓޯބަރު މަހު ރައީސްކަމުގައި ހުންނެވި ހަސަން ސުޖާއު މަޤާމުން އިސްތިއުފާ ދެއްވުމާގުޅިގެންނެވެ. ފީވަކު ކައުންސިލް ރައީސްގެ މަޤާމުން ހަސަން ސުޖާއު އިސްތިއުފާ ދެއްވާފައިވަނީ މި ނިމިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭރު އޭނަގެ މައްޗައް ވަނީ އިތުބާރު ނެއްކަމުގެ މައްސަލައެއްވެސް ހުށައަޅާފައެވެ. އޭނާ މިހާރު ހުންނެވީ އެރަށު ކައުންސިލް މެންބަރެއްގެ ގޮތުގައެވެ.
3 އަހަރަށް ހޮވި ކައުންސިލްގެ ދައުރުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. މިއަހަރު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ވަނީ އަންނަ އަހަރަށް ފަސްކުރެވިފައެވެ. މި އިންތިހާބު މާރޗް މަހުގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!