ރ. އަތޮޅުން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން އެސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން އެ އިދާރާއިން ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ ތ. އަތޮޅުން ވ. އަތޮޅަށް ހަވީރުގެ 16:45 އިން މިރޭގެ 21:00 އާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ސަރަޙައްދަށް އެވަގުތު ތަކުގައި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާ ކޮށްފައި އެވެ.

މިއަދު ހެނދުނު 11:00 އިން މާދަމާ ހެނދުނު 11:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެން ވާކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ލަފާ ކުރަށްވައެވެ.