ހދ. ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ސަރަހައްދުގެ ބީޗްގައި ގޮޑި އަދި ކުޑަ ޖަހާ ބީޗް ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ބޭނުންވެގެން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން އިޢުލާން ކޮށްފި އެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން – 04 ނޮވެމްބަރ 2020 ވާ (ބުދަ) ދުވަހުގެ 13:00 ގައި އަދި އަންދާސީ ހިސާބު ހުށަހެޅުން – 15 ނޮވެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި އޮންނާނެ ކަމަށެވެ.
މަޢުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެކަމަށާއި އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން، ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށާއި މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި އެއިޢުލާނުގައި ދަންނަވާފައިވެ އެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރ 2020 (ބުދަ) ދުވަހުން ފެށިގެން 02 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހާއި ދެމެދު އެއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!