ރާއްޖޭގެ 3 ސަރަޙައްދެއްގައި މާރާމާރީ ތަކެއް ހިނގާ 3 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެއްޖެ އެވެ.
އެންމެ ބޮޑު ޒަހަމެއް ވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިނުމުން ނެވެ. މީސް މީޑިޔާގައި ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ވަނީ "ކޮށާލައިފަ" އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ކަތިވަޅިއެއްފަދަ ތޫނުއެއްޗަކުން ސީރިއަސް ޒަޚަމްތަކެއް ދީފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތް ތިލައިން ބައެއް ވަނީ ބުރިކޮށްލާފައެވެ. އަދި ބުރަކަށިން 5 ތަނެއް ވަނީބޮޑު ކޮން ކޮށާލާފަ އެވެ.
މި މާރާމާރީއާއި ގުޅިގެން ފުލުހުން ބުނީ، އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްވެފައިވާ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރަމާރީގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:38 ގައި ކަމަށެވެ.
"މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. އަނިޔާ ލިބުނު މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވޭ،"
ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލޭގައި ތޫނު އެޗަކުން ދިން ހަމަލާތަކަކާ ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަން އޭޑީކޭ ހޮސްޕިޓަލަށް މީހަކު ގޮސްފައިވާ ކަމުގެ ރިޕޯޓު ރޭ 10:51 ގައި ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ތިން ވަނަ މާރާމާރީއެއް ހިނގާފައިވަނީ ށ. ފޯކައިދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެކެވެ. ފޯކައިދޫގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ވަނީ ޒަހަމްކޮށްލާފަ އެވެ.
ފުލުހުން ރޭ ބުނެފައިވަނީ، ފޯކައިދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެއިން އެކަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 17 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ ރޭ 19:10 ގައި ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލައާއި ގުޅިގެން 43 އަހަރުގެ ބަންގުލަދޭޝް ފިރެހެނަކު މިހާރު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!