ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިންގެ އަމިއްލަ އުފެއްދުންތައް ވުޖޫދުވަމުން ދާތީ އުފާ ކުރަށްވާ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާޢީ މިހެން ވިދާޅުވީ ‏ނޭޝަން ފަސްޓް ވޮޗް ބުރޭނޑް - މޯލްޑިވްސް ވޭވްގެ ރޭވާ ސީރީސް ގަޑިއެއް އެއް އޭނާއަށް ހަދިޔާކޮށް "މޯލްޑިވްސް ވޭވް" އިން ކޮށްފައިވާ ޓުވީޓެއް ހިއްސާ ކުރަށްވާ ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

ރާޢީ ވިދާޅުވީ ރާއްޖޭގެ ހުނަރުވެރި ޒުވާން ވިޔަފާރި ވެރިންގެ އަމިއްލަ އުފެއްދުންތަށް ވުޖޫދު ވެގެން އައުމަކީ މުޅި ރާއްޖެއަށް ލިބޭ ފަހުރެއް އަދި ކުރިއެރުމެއް ކަމަށެވެ.

މޯލްޑިވްސް ވޭވްއިން ރާއްޖޭގައި ފުރަތަ ގަޑީގެ ބްރޭންޑެއް ބާޒާރަށް ނެރުނުއިރު މީގެ ކުރިންވެސް މޯލްޑިވްސް ވޭވްއިން ވަނީ ޔޫތު މިނިސްޓަރު މަޙްލޫފަށާއި، ލަވަކިޔުންތެރިޔާ ސަލަބީ އިބްރާޙީމް ފަދަ ފަރާތްތަކަށް މޯލްޑިވްސް ވޭވްގެ ގަޑި ހަދިޔާ ކޮށްފައި އެވެ. އަދި ސަލަބީ އިބްރާޙީމަކީ މޯލްޑިވްސް ވޭވްގެ ބްރޭންޑް އެމްބަސަޑަރެކެވެ.

"މޯލްޑިވްސް ވޭވް"ގެ ނަމުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުފައްދަމުން އަންނަ އެ ގަޑިތަކުން ރަމްޒުކޮށްދެނީ ދިވެހި ރާއްޖެ އެވެ. މިހާތަނަށް ޖުމްލަ 19 ޑިޒައިނެއްގެ ގަޑި އުފައްދާފައިވާއިރު، ލެދާ ކަމަރުގެ ގަޑި، 1،849 ރުފިޔާއަށް ވިއްކާއިރު، މެޓަލް ކަމަރުގެ ގަޑި ވިއްކަނީ 2،299 ރުފިޔާ އަށެވެ. މިއީ ފެން ނުވަންނަ އަދި ގަޑީގެ ހުރިހާ ކަށިތަކެއް ހަރަކާތް ކުރާ، ދެ އަހަރުގެ ބައިނަލްއަގްވާމީ ވޮރަންޓީ ލިބޭ ގަޑިތަކެކެވެ.